މަސައްކަތް
ނަންބަރު: IL-PRC/2015/28
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 18 މޭ 2015 10:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް "ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ" ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

1. މި އޮތޯރިޓީ "ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ" އެއް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. މި ބިޑާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 18 މޭ 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް ތައްޔާރުކުރެވިފައިވާ ޕްރެޒެންޓޭޝަނެއް ދެއްކޭނެއެވެ.

3. ޕްރީ ބިޑް މީޓިންގއަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

4. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހަޅުއްވަންވާނެއެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

   މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

   ބޮޑުތަކުރުފާނު މަގު ،

   މާލެ 20182،

   ދިވެހިރާއްޖެ

5. ބިޑްތައް ހުޅުވުން އޮންނާނީވެސް 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއޮތޯރިޓީގައި، ބިޑަށް ހުށަހަޅުއްވަން ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައެވެ.

11 މޭ 2015