ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)472 /472/2024/45
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 04 ޖޫން 2024 10:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ވުޒާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 މޭ 2024