މަސައްކަތް
ނަންބަރު: (IUL)13-E/13/2024/142
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި:
30 މޭ 2024 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ވުޒާރާގެ ހަވަނަ ފަންގިފިލާގައި ޕާރޓިޝަން ޖެހުމަށް
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2024/137 (19 މެއި 2024) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ދެންނެވިފައިވާ އިޢުލާނާ ގުޅިގެން މަޢުލޫމާތު ކަރުދާސް ޙިއްސާކުރެވިފައި ނުވާތީ، ބިޑް ހުށަހެޅުމުގެ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 30 މެއި 2024، 13:30 އަށް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން[email protected] މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
26 މޭ 2024