ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/70
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 02 ޖޫން 2024 12:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވައިލުމާ ގުޅޭ

ޤާނޫނު ނަންބަރ: 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ( ހ،ބ ) ގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީވެ، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެގެން، ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ހުށަހަޅާފައިނުވާތީވެ، އަލުން އެފުރުޞަތު ހުޅުވާލަމަވެ.

       ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 2024 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ. މިދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ " ބިދޭސީންގެ ދަފްތަރު ފޯމް " ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ފުރުއްވުން އެދެމެވެ. އަދި " ބިދޭސީންގެ ދަފްތަރު ފޯމް " މިއިދާރާއިންވެސް ލިބެންހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

https://docs.google.com/forms/d/1MfrWB5d5ucJSMrrnnpWR-6Cbx04f6tpM0iJpF0CASxM/edit

 

            މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

       ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

26 މޭ 2024