ދިވެހިރާއްޖެ
މާލެ އަދި ވިލިނގިލީގެ އެއްގަމު ތޮށީގައި ހަދާފައިވާ 09 ފާލަމެއްގެ އެސް އެސް ޗެންޗޭނު މަރާމާތުކުރުމުގެ މަސައްކަތާބެހޭ:
މާލޭ އަދި ވިލިނގިލީގެ އެއްގަމު ތޮށީގައި ހަދާފައިވާ 09 ފާލަމެއްގެ އެސް އެސް ޗެންޗޭނު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
18 ރަޖަބު 1436