ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2024/52
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 30 މޭ 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތުން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަވާ، ނުވާ ލިސްޓް އާންމު ކުރުމާއި ގުޅޭ:

އިޢުލާން

ރ.މާކުރަތުން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަވާ، ނުވާ ލިސްޓް އާންމު ކުރުމާއި ގުޅޭ:

2024 ވަނަ އަހަރު ރ.މާކުރަތުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅުއްވާފައިވާ 51 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: (IUL)305-CB305/305/2024/7 (21 ޖަނަވަރީ 2024) ގެ އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓްކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، އާންމު ކުރެވިފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މިއަދުންފެށިގެން 30 މެއި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           14 ޛުލްޤާޢިދާ 1445

22 މޭ 2024