މަސައްކަތް
ނަންބަރު: 188-SHRD/IUL/2015/43
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 28 މޭ 2015 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވިއުގަ 2.0 ސޮފްޓްވެއަރގެ 'ޔޫސަރ މެނުއަލް' އަދި 'ވީޑިއޯ ޓިއުޓޯރިއަލް' ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

ވިއުގަ 2.0 ސޮފްޓްވެއަރގެ "ޔޫސަރ މެނުއަލް" އަދި "ވީޑިއޯ ޓިއުޓޯރިއަލް" ތައްޔާރުކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ:

ސިވިލް ސަރވިސް ކޮމިޝަނުން ފަރުމާކުރަމުންގެންދާ ވިއުގަ 2.0 ސޮފްޓްވެއަރގެ "ޔޫސަރ މެނުލް" އަދި "ވީޑިއޯ ޓިއުޓޯރިއަލް" ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސްހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު
  • މުއްދަތު: 02 މަސް ދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  • ފެންވަރު ނުވަތަ ޝަރުޠު: 

1. މަސައްކަތާ ގުޅޭ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. މި މަސައްކަތްކުރުމުގެ ތަޖުރިބާއާ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސެއްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - % 15
  2. މަސައްކަތުގެ ތަޖުރިބާ - % 10
  3. މަސައްކަތާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
  4. ޓެކްނިކަލް ނޮލެޖް - % 15
  5. އުފެއްދުންތެރިކަން - %5
  6. ޤާބިލުކަން ހުރި މިންވަރު - % 10

ވުމާއެކު، މިކަމަށް އެދޭ، މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

17 ރަޖަބު 1436

06 މޭ 2015