ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/061
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި:
27 މޭ 2024 17:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖްލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު ޢީސާ ރައްޔިތުންނާއި ބައްދަލުކުރުން
ރައްޔިތުންގެ މަޖިލީހުގައި ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރާ އިއްޒަތްތެރި މެންބަރުގެ ހައިސިއްޔަތުން، ވޭތުވެދިޔަ 5 އަހަރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދެންނެވުމަށް ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާ 2024 މޭ 27 ވާ ހޯމަ ދުވަހުގެ ހަވީރު 05:00 ގައި ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތަކުން ދެންނެވިފައިވާ ގަޑިއަށް އަންބާގެ ސްޓޫޑިއޯއަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަމެވެ.
25 މޭ 2024