ދިވެހިރާއްޖެ
1445 އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމާއި ގުޅޭ
ގައްދޫ ކައުންސިލުން މި އަހަރުގެ އަޟުޙާ އީދު ހަރަކާތްތައް ކުލަ ގަދަކޮށް ކުރިޔަށް ގެންދިޔުމަށް ބޭނުންވާތީ މި ހަރަކާތްތައް އައުޓްސޯސް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ކަންތައް ކޮށްދޭނެ ފަރާތަކަށް 20000.00ރ (ވިހިހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް:
- ޢީދު މަޅި
- ކޯޑީޔާ
މާކްސް ދޭއިރު ބަލާނެ މިންގަޑަކީ:
- ޕްރޮޕޯސަލް ގައި ހުށަހަޅާފައިވާ ކަންތައްތަކަށް -70 ޕޮއިންޓް
- ކަންތައްރާވައި ހިންގުމުގެ ގާބިލުކަން (މީހުންގެ ސީވީ) -30 ޕޮއިންޓް.
ކުރިމަތިލެވޭ ފަރާތްތައް:
- ޖަމިއްޔާތައް
- ވިޔަފާރިތައް
- އަމިއްލަ ފަރުދު
- އިދާރާތައް
ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 12:30 އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.
އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން 12:00 އަށެވެ. މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން 9111005 ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.