ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2024/64
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:03
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެތަކާއި ޢިމާރާތްތަކުގެ ފުރާޅުން މަގުމައްޗަށް އެޅޭ ފެނާއި ގުޅޭ

                             އިޢުލާން                                                     

                          ހޯރަފުށީގައި ޢިމާރާތްކޮށްފައިހުރި ބައެއް ގެތަކާއި ޢިމާރާތްތަކުގެ ފުރާޅުގެ ދިޔަދޮވި ހޮޅިން މަގުމައްޗަށް އަންނަ ފެނުގެ ސަބަބުން މަގުތަކާއި އެނޫންވެސް ތަންތަނުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިދާނެ ކަމުގެ ޝަކުވާ ވަނީ ކައުންސިލަށް ލިބިފައެވެ.

                          އެނގިވަޑައިގަންނަވާނެ ފަދައިން ޤަވާޢިދު ނަންބަރު 2013/R-119 "ގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ޤަވާޢިދު – ހއ.ހޯރަފުށި" ގައިވާ ގޮތުގެ މަތިން ގޭގެ ފުރާޅުން، ނުވަތަ ދިޔަދޮވި ހޮޅިން އަންނަ ފެން މަގުމައްޗަށް ހިންދުމަކީ މަނާކަމެކެވެ. އަދި ދިޔަދޮވި ހޮޅިގުޅައި މަގުމައްޗަށް ފުރާޅުން ފެންނުފައިބާ ގޮތް ހެދުމަކީ އެގޯއްޗެއްގެ ވެރިފަރާތުން ނުވަތަ ގޯތި ބެލެހެއްޓުމަށް ހަމަޖައްސާފައިވާ ފަރާތްތަކުން ކުރައްވަންޖެހޭ ކަމެކެވެ.

                          ވީމާ، ގޯތިތަކުގެ ވެރިފަރާތުން ނުވަތަ އެފަރާތުން ހަމަޖައްސަވައިގެން ގޯތި ބެލެހެއްޓުމަށް ޙަވާލުންވެލައްވާފައިވާ ފަރާތުން މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފުރާޅުގެ ދިޔަދޮވި ހޮޅިން މަގުމައްޗަށް ފެންނުފައިބާ ގޮތް ހެދުމަށް އަންގަމެވެ.

                          މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

                          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                                       15 ޛުލްޙިއްޖާ 1445

23 މޭ 2024