ކުއްޔަށް ހިފުން
ނަންބަރު: FNK-I/IUL/2024/155
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 30 މޭ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
02 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:

އިއުލާން ނަންބަރު: FNK-I/IUL/2024/155  

އިޢުލާން

02 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:

 މިކުންފުނިން ދޭ  މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މާލެއިން ގުދަނެއް ކުއްޔަށްހިފުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/129 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

26 އިން 30 މެއި 2024

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

29 މެއި 2024

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

02 ޖޫން 2024

11:30 ހެނދުުނު

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 

-  އިޢުލާން ނަންބަރ

-  ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަދެއްނެވީމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.  

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

23 މޭ 2024