ބީލަން
ނަންބަރު: (IUL)304-CA/304/2024/117
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 03 ޖޫން 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރުގައި އަޅަން ހަމަޖެހިފައިވާ ސްޓޭންޑަޑް ފުޓްސަލް ދަނޑުގެ ކުރެހުން ތައްޔާރުކުރާނެ ފަރާތެއް ހޯދުން

                

ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޭންޑަޑް ފުޓްސަލް ދަނޑުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 23 މެއި 2024ވާ ބުރާސްފަތި ދުވަހުން ފެށިގެން 27މެއި 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށައެޅުން

03 ޖޫން 2024

ހޯމަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

15 ޛުލްޤައިދާ  1445

23 މެއި    2024

23 މޭ 2024