ދިވެހިރާއްޖެ
މަސްޖިދުއް ޞަލާޙް އަދި މަސްޖިދުލް ޢަމަލުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި އިޢުލާން ނަމްބަރު، ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ނަމްބަރު, ފޯނު ނަމްބަރު އަދި ފޮނުވާ ފަރާތުގެ ނަމާއި މަޤާމު،ހިމަނަންޖެހޭނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން. |
02 ޖޫން 2024 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް. |
ޕްރި-ބިޑް ބައްދަލުވުން. |
02 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި. |
ބީލަން ބަލައިގަތުމާއި ހުޅުވުން. |
11 ޖޫން 2024 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި. |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާގުޅިގެން މިކައުންސިލުން ކުރި ނަމްބަރު: (IUL)257/257/2023/127 (28 ޑިސެންބަރު 2023) އިޢުލާނާއި ގުޅިގެން ހުށައެޅި ބީލަންތަކުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
15 ޛުލްޤަޢިދާ 1445