ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-PL/459/2024/49
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 06 ޖޫން 2024 00:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމާއި ބެހޭ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

 

      މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އަށް ކެއިން ބުއިމަށް ބޭނުންވާ އެންމެހައި ސާމާނު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކްއަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

03 ޖޫން 2024

ހޯމަ

10:00

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

 

އަންދާސީ ހިސާބު ހުށައެޅުއްވުން

 06 ޖޫން 2024

ބުރާސްފަތި

11:00

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

23 މޭ 2024