މަސައްކަތް
ނަންބަރު: (IUL)492-PS/492/2024/80
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 03 ޖޫން 2024 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
"ޓާރޯލީފް ބްލައިޓް ރެސިސްޓަންޓް" މުޑުވައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއިން ރާއްޖޭގެ ރަށްތަކުގެ އޮޅުއަލަ އާލާކޮށް އެއަށް ދިމާވާ ބަލިތަކަށް ހައްލު ހޯދުމަށްޓަކައި ބޭނުންވާ "ޓާރޯލީފް ބްލައިޓް ރެސިސްޓަންޓް" މުޑުވައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  އެހެންކަމުން، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

23 މޭ 2024