ދިވެހިރާއްޖެ
އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް 24 އެޕްރީލް 2025 އިން 26 އެޕްރީލް 2025 އަށް، އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން ވަނީ މި މިނިސްޓްރީ އަށް އަންގަވާފައެވެ.
މި ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް އާ ގުޅޭ މައުލޫމާތު އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ޓްރޭޑް ޗެމްބާރސް އެންޑް އެސޯސިއޭޝަންއާ ގުޅިގެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަން/ކޮންފަރެންސްއަކީ، ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ފުރުޞަތެއްކަން ފާހަގަކުރަމެވެ.
މި އެގްޒިބިޝަން/ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް، ބައިވެރިވުމުގެ ފުރުޞަތު އޮތްކަން މި މިނިސްޓްރީއަށް އަންގަވާފައި ވާތީ، މި ބިޒްނަސް އެގްޒިބިޝަން/ކޮންފަރެންސްގައި، ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މި އިވެންޓްގެ ޕްލެޓްފޯމް https://www.indiasteelexpo.in/hosted_buyer_registration.php މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.