ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PPC/1/2024/51
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:01
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ދި ވޯލްޑް ފުޑް އިންޑިއާ 2024 އިވެންޓުގައި ބައިވެރިވުމާ ގުޅޭ

ދި ވޯލްޑް ފުޑް އިންޑިއާ 19 ސެޕްޓެންބަރު 2024 އިން 22 ސެޕްޓެންބަރު 2024 އަށް، އިންޑިއާގެ ނިއު ދިއްލީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން ވަނީ މި މިނިސްޓްރީއަށް އަންގަވާފައެވެ.

މި އިވެންޓްގެ ތީމަކީ، " ޕްރޮސެސިން ފޮރ ޕްރޮސްޕަރިޓީ" ކަމާއި، މި އިވެންޓުގައި އިންޑިއާގެ ތިރީގައި މިދަންނަވާ ފަރާތްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަންވެސް ވަނީ އަންގަވާފައެވެ.

  •  ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް
  •  ބައިނަލްއަގްވާމީ ވިޔަފާރިވެރިން
  •  އިންޑިއާގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ދާއިރާގެ ބޭފުޅުން
  •  ސަރުކާރުގެ ވުޒާރާތައް
  •  އީޖާދީ ދާއިރާގެ މުއައްސަސާތައް
  •  ދަނޑުވެރިކަމުގެ ވިޔަފާރިތައް
  • އެކްސްޕޯޓް އަދި ޓްރޭޑް ކުންފުނިތަކާއި އެގްރި-ފުޑް ސްޓާޓް-އަޕްސް
  • މެޝިނަރީ އަދި އިކުއިޕްމަންޓް ކުންފުނިތައް
  • ޕެކެޖިންގ އަދި ޕްރޮސެސިންގ ކުންފުނިތައް
  • އެގްރޯ އަދި ފުޑް ސަރވިސަސް ކުންފުނިތައް

މި އިވެންޓަކީ އިސްވެދެންނެވުނު ވިޔަފާރިތަކުގެ ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ފުރުޞަތެއްކަން ފާހަގަކުރަމެވެ.

މި އިވެންޓްގައި، ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް، ބައިވެރިވުމުގެ ފުރުޞަތު އޮތްކަން މި މިނިސްޓްރީއަށް އަންގާފައިވާތީ، މި އިވެންޓްގައި  ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، މި އިވެންޓްގެ ޕްލެޓްފޯމް  https://worldfoodindia.gov.in/ މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.

23 މޭ 2024