ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10/10/2024/57
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:46
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހުއްދަ ދޫކުރުމާ ގުޅޭގޮތުން ކުރާ އެންމެހާ މަސައްކަތްތައް މިމިނސްޓްރީގެ ދަށަށް ބަދަލުވުމާ ގުޅޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓު އެންޑް ޓްރޭޑް (ކުރީގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓު) ގެ ދަށުން، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމުގެ މަސައްކަތްތައް 2023 ނޮވެމްބަރ 17 އިން ފެށިގެން ވަނީ މި މިނިސްޓްރީއަށް ބަދަލުވެފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ ޱ[email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
23 މޭ 2024