ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2024/28
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:40
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުން:

           ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް 19 މެއި 2024 ދުވަހުން ފެށިގެން ފޯމް ދޫކުރުމާއި ބަލައިގަތުމަށް މި ކައުންސިލްގެ އިދާރާގައިވަނީ، ހަމަޖެހިފައެވެ.

ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތް ދިނުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން، ދިވެހި

ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާ އުޞޫލު ނަންބަރު: 2024/G-15 ގައި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާ

 ލުމުގެ އުޞޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ހ) ފިޠުރު ޒަކާތް ދެވޭނީ، ހިޖުރީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފުރަތަ ދުވަހާއި ހަމަޔަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތް ތަކަށެވެ.

(ށ) މުދަލު ޒަކާތް ދެވޭނީ، ހިޖުރީ ކޮންމެ އަހަރެއްގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހާއި ހަމަޔަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތް ތަކަށެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި 6680888 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. '' ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް '' މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

19 މޭ 2024