ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2024/63
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ދެމުންގެންދާ ޙިދުމަތްތަކުގެ ފީގެ ތަފްޞީލް

                     މިކައުންސިލްގެ ނަމްބަރ: (IUL)252/252/2023/11 (01 ފެބުރުއަރީ 2023) އިޢުލާނުން، މިކައުންސިލުން ދެމުންގެންދާ ޙިދުމަތްތަކުގެ ތެރެއިން ފީނެގުމަށް، ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާއްމު ބައްދަލުވުމުން ނިންމާފައިވާ ޙިދުމަތްތައް ކުރިން ވާނީ އާއްމުކޮށް އިޢުލާން ކުރެވިފައެވެ. ނަމަވެސް އެޢިއުލާނުގައި މިކައުންސިލުން ފޯރުކޮށްދެމުންދާ ޙިދުމަތްތަކުގެ ނަންތައް ވަކިވަކިން ހިމެނިފައިނުވާތީ، ފީނެގުމަށްފަހު ކައުންސިލުން ފޯރުކޮށްދެމުންދާ ޙިދުމަތްތައް ވަކިވަކިން އެނގޭނެގޮތަށް އާއްމުކުރަމެވެ.

ޙިދުމަތުގެ ނަން

ނެގުމަށް ކަނޑައެޅިފައިވާ ފީ

1- ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްނަގާ ފީ

އަކަފޫޓްއަކަށް -/25 ރުފިޔާ

2- ކެންޓީނު ޙިދުމަތުން 24 ގަޑިއިރަށް ނަގާ ފީ

-/30 ރުފިޔާ

3- ސެޓްފިކެޓް ކުލަކޮށް ޕްރިންޓްކުރުމުގެ ފީ

-/20 ރުފިޔާ

4- ސެޓްފިކެޓް އާދައިގެ ގޮތަށް ޕްރިންޓްކޮށް ލެމިނޭޓްކުރުމުގެ ފީ

-/20 ރުފިޔާ

5- ލެމިނޭޓްކުރުން

-/10 ރުފިޔާ

6- އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ ފީ

-/50 ރުފިޔާ

7- ގޯތި ބައިކުރުމުގެ ޙިދުމަތުގެ ފީ

-/100 ރުފިޔާ

8- ގޯތީގެ އިންވަކިކުރުމުގެ ފީ

-/100 ރުފިޔާ

9- ގޯތި ބައިކޮށް ޗާރޓް ކުރަހައިދިނުމުގެ ޙިދުމަތުގެ ފީ

-/100 ރުފިޔާ

10- ކައުންސިލް ޕްރީސުކޫލްގައި ރަޖިސްޓްރީކޮށްދިނުމުގެ ފީ

-/100 ރުފިޔާ

11- ކައުންސިލް ޕްރީ ސުކޫލް ޙިދުމަތުން ނަގާ މަހު ފީ

-/300 ރުފިޔާ

12- އައިޑީކާޑު ހެއްދުމަށް ޑާޓާ ނަގައި ފޮނުވައިދިނުމުގެ ފީ

-/50 ރުފިޔާ

13- ނަން ބަދަލުކުރުމުގެ ފީ

-/300 ރުފިޔާ

14- މިނިސްޓްރީ ތަކަށް ހުށަހަޅާ ފޯމް ޕްރޮސެސްކޮށްދިނުމުގެ ފީ

-/100 ރުފިޔާ

15- ޢިމާރާތުގެ ކުރެހުން ފާސްކޮށްދިނުމުގެ ފީ

-/100 ރުފިޔާ

16- ސައިޓް އިންސްޕެކްޝަން ފީ

-/100 ރުފިޔާ

17- އެއްގަމާއި ކަނޑައުޅަނދު ރަޖިސްޓްރީކުރުމުގެ ޙިދުމަތުގެ ފީ

-/100 ރުފިޔާ

18- ވިޔަފާރި އުޞޫލުން ބަނދަރު ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް)

-/250 ރުފިޔާ

19- ވިޔަފާރި އުޞޫލުން ރަށުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް)

-/250 ރުފިޔާ

10- ރަށްވެހިންގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ފީ

-/100 ރުފިޔާ

11- މަގުކޮނުމުގެ ހުއްދަ ދޫކުރުމުގެ ފީ

-/100 ރުފިޔާ

12- ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް ތައްޔާރުކޮށްދިނުމުގެ ފީ

-/50 ރުފިޔާ

13- ގަރާޖް ރަޖިސްޓްރީ ހެއްދުމުގެ ފީ

-/100 ރުފިޔާ

14- ގޯތީގެ ރަޖިސްޓްރީ ހެއްދުމުގެ ފީ

-/100 ރުފިޔާ

15- އެހެނިހެން ރެޖިސްޓްރޭޝަން އަދި އެހެނިހެން ލައިސަންސް ފީ

-/100 ރުފިޔާ

 

             މިދެންނެވި ވަކިވަކި ޙިދުމަތްތަކުގެ އިތުރުން ކައުންސިލުން ވަކި އުޞޫލެއްގެ ދަށުން ފޯރުކޮށްދޭ ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީ އެއުޞޫލެއްގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، ޙިދުމަތްތަކަށް އެދޭ ފަރާތްތަކުން ޙިދުމަތަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ރަސްމީ ގަޑީގައި ކައުންސިލަށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 މޭ 2024