ބީލަން
ނަންބަރު: (IUL)419/419/2024/50
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:56
ސުންގަޑި: 05 ޖޫން 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ފޮޓޯ ނެގުމާއި، ގްރެފިކްސް ޑިޒައިންކޮށް، ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރުކުރުމާއި އަދި އޮންލައިން މީޑިއާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ؛

'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ފޮޓޯ ނެގުމާއި، ގްރެފިކްސް ޑިޒައިންކޮށް،ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރުކުރުމާއި އަދި އޮންލައިން މީޑިއާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ؛

 

2024 އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިދައިވާ 'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' ، ގްރެފިކްސް އަދި މީޑިއާ ކަވަރޭޖް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. އެހެންކަމުން ތިރީގައި މިވާކަންކަން ހިމެނޭގޮތަށް 2024 ޖޫން 5 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ޒަރީއާއިން  ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] ނުވަތަ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005 އަށް ގުޅުއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޞީލް؛

  1. މުބާރާތުގެ ހުރިހާ ސްޕޮންސަރސް އަޕްޑޭޓްސްތަކަށް ފޮޓޯ ގްރެފިކްސް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާ ޕޯސްޓްތައް އަޕްޑޭޓްކުރުން.
  2. މެޗް ފިކްސްޗާސް/މެޗްޑޭގެ ފޮޓޯ ގްރެފިކްސް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާ ޕޯސްޓްތައް އަޕްޑޭޓްކުރުން.
  3. ކޮންމެ މެޗެއްގެ މޮޅުންކުޅުންތެރިޔާ އަދި ސްކޯ ފޮޓޯ ގްރެފިކްސް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާ ޕޯސްޓްތައް އަޕްޑޭޓްކުރުން.
  4. މުބާރާތުގެ ފަށާ އަދި ނިންމާ ރަސްމިއްޔާތުގެ ޚާޞަ ފޮޓޯ ގްރެފިކްސް ތައްޔާރުކޮށް ކައުންސިލްގެ ސޯޝަލް މީޑިއާ ޕޯސްޓްތައް އަޕްޑޭޓްކުރުން.
  5. މުބާރާތުގެ ހުރިހާ ކެންވަސް/ބެކްޑްރޮޕް ޑިޒައިންތައް ތައްޔާރުކުރުން.
  6. މީގެ އިތުރުންވެސް މުބާރާތާއި ގުޅޭ މިނޫންވެސް މިދާއިރާގައިހިމެނޭ މަސައްކަތް ކުރުން.
  7. ބީލަން ކާމިޔާބުކުރާ ފަރާތުން މުބާރާތުގެ ޓައިޓަލް ޢައްޔަންކުރެވޭ ދުވަހުންފެށިގެން މުބާރާތްނިމެންދެން މަސައްކަތް ކުރަންވާނެއެވެ.
  8. މުބާރާތުގެ މުއްދަތުކަމަށް ލަފާކުރެވެނީ 15 އާއި 20 އާއި ދޭތެރޭގެ މުއްދަތެކެވެ.

 

ބަލާލާނެ ކަންކަން؛

  1. ބީލަން ހުށަހަޅާ ފަރާތުން މީގެކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ 'އޯޑިއަންސް ރީޗް' އަދިޝޯޝަލް މީޑިއާގައި ރީޗް އެންމެ ގިނަފަރާތްތައް.
  2. ބްރޭންޑް ޕްރޮމޯޝަން ކޮށްދެވޭނެ މިންވަރު.
  3. ބިޑް އެވޯޑް ކުރުމުގައި އުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުޞޫލު ގައިވާ ގޮތަށް ސަރަޙައްދަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 


ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑު

ވަޒަންކުރުން

 

އަގު

80

 

ތަޖުރިބާ

20

22 މޭ 2024