ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)248-CAA/248/2024/54
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:40
ސުންގަޑި: 29 މޭ 2024 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

އިޢުލާނު

 

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

 މިއިދާރާއަށް އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-385025

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ

މުސާރަ:

މަހަކު 5020.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސްޕެޝަލް ޑިޔުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 .

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށާއި ސްޕަވައިޒަރަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ގާނޫނީ ހަމަތުގެ މަތިން އަދާކުރުމާއި މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތް ކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމާއެކު އެފަދަ ތަކެއްޗަށާއި ޖިސްމަށް ގެންލުން ނުލިބޭގޮތަށް ރައްކާތެރިކަމާއެކު މަރާމާތު ކުރުމުގެ މަސައްކަތް ކުރުން.
  4. ކައުންސިލްގެ އިދާރާއާއި މިއިދާރާގެ ބެލެހެއްޓުމުގެ ދަށުގައި ހުންނަ މިސްކިތްތަކާއި ރައްވެހިގެއާއި ރަށްވެހި ހިޔާ އަދި އެނޫން ވެސް ތަންތަނުގެ އެއަރކޯންތަކާއި ފާޚާނާތަކާއި ލައިޓްތަކާއި ފަރުނީޗާރާއި އެނޫންވެސް ތަކެއްޗަށް ލިބޭ ގެއްލުންތައް ދެނެގަނެ ސްޕަވައިޒަރުގެ އިރުޝާދާއެކު ސަރވިސްކޮށް އެތަންތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް ބެލެހެއްޓުން (އަމިއްލައަށް ކުރެވޭ ނުކުރެވޭ ނުވަތަ ނުކުރެވޭނެ މަރާމަތެއްކަން ނިންމާނީ ތަނުގެ އިސް މުވައްޒަފެވެ.)
  5. ރަށުގެ ބަނދަރާއި މަގުލައިޓުތައް މަރާމާތުކޮށް ދިއްލައި ބެލެހެއްޓުމާއި ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ބަނދަރާއި މަގުލައިޓުތަކުގެ ވަޔަރިންގ އަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކައުންސިލްގެ އިދާރައާއި މި އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތަކަށް ގެންނަޖެހޭ ބައެއް ބަދަލުތައް ގެނައުމާއި އެ ތަންތަނުގައި ހުންނަ ތަކެތި ބެލެހެއްޓުމާއި އެފަދަ އެންމެހައި ތަކެތި ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ގޮތުން ދަބަރު ކަހައި ދަވާދުލުމާއި ސްޕްރޭ ކުރުމާއި ވެލްޑިން ކުރަންޖެހޭނަމަ ވެލްޑިންކުރުމާއި އެފަދަ އެނޫންވެސް ފަންނީ މަސައްކަތްތައް ކުރުން.
  7. ސަރުކާރާއި ރައްޔިތުންގެ ތަކެއްޗާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ލިޔެކިޔުމުގެ ސްޓޮކާއި އިންވެންޓްރީގައި ހިމެނޭ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ގޮތަށް ކައުންސިލްގެ ގުދަންތަކާއި ގަރާޖުގެ ތެރޭގައި ސްޕަވައިޒަރުގެ އިރުޝާދާއެކު ހަދަންޖެހޭ އަށިތައް ހެދުމާއި އެފަދަ ތަކެތި ބެހެއްޓުމަށް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ފަންނީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ތަފާތު އާލާތްތައް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ގޮތަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު އެފަދަ ޓޫލްސްތައް ބެހެއްޓުމަށް ބޭނުންވާ ކަބަޑުތައް ކައުންސިލްގެ ގަރާޖުގެ ތެރޭގައި ހެދުމާއި އެ ތަކެތި އެދެވޭ ގޮތުގައި ބެލެހެއްޓުން.
  8. ގައުމީ، ޒޯން، އަތޮޅު، އަދި ރަށުފެންވަރުގައި ފާހަގަ ކުރަންޖެހޭ ދުވަސްތައް ފާހަގަ ކުރުމާއި ސަރުކާރުގެ މަތީ ދަރަޖާގެ ވެރިންނަށް މަރުހަބާ ދެންނެވުމާއި މެހްމާންދާރީ އަދާކުރުމާއި ތަފާތު މީޓިން ތަކާއި، ހަފުލާތަކާއި، މުބާރާތްތަކާއި އަދި މިނޫންވެސް ތަފަތު އެކިއެކި ޕްރޮގްރާމް ތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގައި ޒީނަތްތެރިކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތައް ކުރުމާއި ތަފަތު ދިއްލުންތަކާއި ބޭނުންކުރަންޖެހޭ ސައުންޑަށް އަޅަންޖެހޭ ވަޔަރިންގ އަޅައި ލައިޓްތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މެއިންޓެނަންސް މަސައްކަތްކާބެހޭ ވީކްލީ އަދި މަންތްލީ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުން؛ މިއިދާރާގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ޙަފްލާތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓްދިނުމުގެ މަސައްކަތް ބެލެހެއްޓުން.
  10. މިއިދާރާގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން؛ މިއިދާރާގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި އިދާރާއިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުން. މުނިސިޕަލް ސެކްޝަންގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
  11. މިއިދާރާގެ އެކި ސެކްޝަންތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން. މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ޙަވާލުކުރައްވާ އިދާރާގެ މަސައްކަތްތައްކުރުން.
  12. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން، އެ މަސައްކަތްތައް ކުރުމާއި، އެކިއެކި މުބާރާތްތަކާއި އިންވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުމާއި، އަދި ކައުންސިލްގެ ފަރާތުން ހިންގާ ޙަރަކާތްކުގައި ބައިވެރިވުން.
  13. ރައްޔިތުންގެ ފެންވަރުގައި ކުރެވޭ މަސައްކަތުގައި މި އިދާރާއިން އަންގަވައި ގޮތެއްގެ މަތިން ބައިވެރިވެ ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތަކާއި، އަދި ހުރިހާ މުވައްޒަފުންގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ކައުންސިލާއި މިސްކިތްތަކުގެ ލައުޑް ސްޕީކަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  15. ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި މެހްމަނުންނަށް މަރުހަބާ ދެންނެވުމާއި ކައުންސިލުގެ އިދާރާއިން ބާއްވާ ތަފާތު އެކި މުބާރާތްތަކާއި ހަފްލާތަކުގައި ބައިވެރިވެ ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރާ، އަދި ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރާ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް، ފަރުވާތެރިކަމާއެކު އެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ކޯ ޑިސިޕްލިންތައް:

  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް

ޕްރިފަރޑް ޑިސިޕްލިންތައް:

    ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

-          އަސާސީ ޝަރުޠު ހަމަވުމުން                               (%30)

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު                 (%5)

-          ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  (%5)

-          އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ                 (%5)

-          އެސެސްމަންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)                    (%20)

-          އިންޓަރވިއު                                         (%35)

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  29 މެއި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2024 މެއި 29 އިން 2024 ޖޫން 30 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު' (https://www.csc.gov.mv/Policy/Index/51)  އިން ލިބެން ހުންނާނެއެވެ.

މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 މޭ 2024