ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)242-A/242/2024/7
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:32
ސުންގަޑި: 03 ޖޫން 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ސީޓްގެ ކާރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރު: (IUL)242-A/242/2024/7                                           

އިޢުލާނު

 

5 ސީޓްގެ ކާރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

މި އިދާރާގެ ބޭނުމަށް 5 ސީޓްގެ ކާރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ކާރެއް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކާރު ސަޕްލައި ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ރަޖިސްޓްރީކުރާ ފޯމް މި އިއުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.  ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަދި މިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "މައުލޫމާތު ކަރުދާސް" ގައިވާ ގޮތަށް 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

(އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް)

https://rb.gy/8rf2rh

22 މޭ 2024