ދިވެހިރާއްޖެ
ކައުންސިލްގެ 2023 ވަނައަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން 'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024' މިއަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހުގައި ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމްތައް ރަޖިސްޓްރީކުރުމަށް 2024 ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ހުޅުވާލެވޭނެއެވެ. މިފަހަރުގެ މިމުބާރާތަކީ، ދިވެހިރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ އަދި އަތޮޅުތަރޭގައި ބާއްވާ އެންމެ ފެންވަރު ރަނގަޅަށް ބާއްވާ ފުރިހަމަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވައި ނިންމާފައިވެއެވެ. މިއީ ގައްދުއަށާއި މުޅި ހުވަދު އަތޮޅަށްވެސް އަންނާނެ ފުޓްސަލްގެ ކުޅިވަރުގެ ބޮޑު ޢީދަކަށް ވެގެންދާނެއެވެ.
ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޑިވިޝަންތަކުގެ މެދުގައި ވަކިވަކި ސްކޯޕްތަކެއްދެވިގެން ކުރީގެ އަހަރުތަކާއި މުޅިންތަފާތު ކޮށެވެ. މިއަހަރުގެ މުބާރާތުގެ ފިރިހެނުންގެ ބައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ؛ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، ފިރިހެން ޑިވިޝަނާއި ޖޫނިއާ ޑިވިޝަނަށެވެ.
އަދި އަންހެނުންގެ ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަނެއްގެ ގޮތުގައެވެ. މިބަޔަކީ، ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ސީދާ ޑައިރެކްޓް ކުރާ ސެގްމަންޓެކެވެ. މިބައިގައި ގައްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވަރަށް ބޮޑު އިސްނެގުމަކާއި ބައިވެރިވުމެއް އޮންނާނެއެވެ.
މިމުބާރާތުގެ ޑިވިޝަންތަކަށް ދިނުމަށް އިޢުލާންކޮށްފައިވާ ފައިސާގެ އިނާމްތަކަކީ މުބާރާތުގެ ފޯރި ބޮޑުތަނުން އިތުރުވެގެންދާނެ ސަބަބެކެވެ. ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް މޮޅު ފުޓްސަލް ކުޅުންތެރިން މުބާރާތުގައި ބައިވެރިވެ މުޅި ރާއްޖޭގައި މިމުބާރާތަށް ވަރަށް ބޮޑު ޕަބްލިސިޓީއެއް އުފެދިގެން ދާނެކަމުގެ އުންމީދާއި ޔަޤީންކަން އިންތިހާއަށް އެބައޮތެވެ.
ފިރިހެން ޑިވިޝަން:
އެއްވަނަ ޓީމް: 155,000.00 ރުފިޔާ
ދެވަނަ ޓީމް:80,000.00 ރުފިޔާ
ތިންވަނަ ޓީމް:40,000.00 ރުފިޔާ
ފުޓްސަލް ކިންގް:10,000.00 ރުފިޔާ
އަންހެން ޑިވިޝަން:
އެއްވަނަ ޓީމް:50,000.00 ރުފިޔާ
ދެވަނަ ޓީމް:25,000.00 ރުފިޔާ
ތިންވަނަ ޓީމް:15,000.00 ރުފިޔާ
ފުޓްސަލް ކުއީން:8,000.00 ރުފިޔާ
ޖޫނިއަރ ޑިވިޝަން:
އެއްވަނަ ޓީމް:25,000.00 ރުފިޔާ
ދެވަނަ ޓީމް:15,000.00 ރުފިޔާ
ތިންވަނަ ޓީމް:7,500.00 ރުފިޔާ
ފުޓްސަލް ޕްރިންސް:5,000.00 ރުފިޔާ
މިސްކޭލްގައި މުބާރާތެއް އިންތިޒާމް ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާއާއި އެހެނިހެން އެހީތެރިކަން ބޭނުންވާއިރު، ސްޕޮންސަރޝިޕަށް ހުޅުވާލައިގެން އެހީތެރިކަން ހޯދުމަށް ކައުންސިލުން ރާވާފައިވެއެވެ. މި މުބާރާތަށް ފައިސާ ޚަރަދުކުރަން ރާވާފައިވަނީ ކައުންސިލްގެ 2024 ގެ ކުޅިވަރު ކަލަންޑަރުގައި ރާވާފައިވާ ގޮތަށް ކަމަށްވާއިރު ހެޔޮއެދޭ ވިޔަފާރި ތަކާއި، ޖަމްޢިއްޔާތަކާއި، ރަސްމީ އަދި ނުރަސްމީ ހުރިހާ އިދާރާތަކުންވެސް މާލީ އެހީތެރިކަން އަޅުގަނޑުމެން އިންތިހާއަށް ބޭނުންވެއެވެ.
އެހެންކަމުން، މިއަދުންފެށިގެން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 އަށް އެހީތެރިކަން ފޯރުކޯށްދެއްވުމަށް ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިއިޢުލާނާއިއެކު އެއްކަރުދާސްކޮށްފައިވާ ހުށަހެޅުމަށް ރިޢާޔަތްކޮށް ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަމަށްއެދި އިޙްތިރާމާއި ޝުކުރުވެރިކަމާއިއެކު ދެންނެވީމެވެ. މުބާރާތުގެ ޕްރޮޕޯސަލް؛ https://drive.google.com/file/d/1W_PkqzUJ1PFsTS6Ia2q7cNybeX9qb0i7/view?usp=sharing
ލިންކް އިން ފެނިވަޑައިގަންނަވާނެއެވެ.
ACCOUNT NAME: 1470-KHARADHU-02
ACCOUNT NUMBER: 7710700393004
VIBER: 7211233 | 7905301