ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-MAP/492/2024/81
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 17:44
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ހއ،ހދ، އަދި ށ ރަށްތަކަށް އަމާޒުކޮށްގެން ހުޅުވާލެވޭ "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް ގެ ފުރަތަމަ ފިޔަވަހި އިޢުލާން ކުރުން

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (މެޕް) އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަޞީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ(ހއ،ހދ އަދި ށ) ގެ 26 ރަށަކަށެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

 "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ހުޅުވާލެވޭ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ  ދަނޑުވެރިކަން ކުރާ ވަކި ފަރުދުން، ކޯޕަރޭޓިވްސް، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތް، ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މި ހިލޭ އެހީ ސްކީމްގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، ދަނޑުވެރިކަމުގެ ވިޔަފާރީގެ ބާޒާރު ކުރިއަރުވައި، ތަރައްޤީކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން މިޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ގްރީން ހައުސްގައި ހެއްދުމަށެވެ.

 "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމްކުރިއަށްގެންދިއުމަށް ގައިޑްލައިންއެއް ފަރުމާކުރެވި ގައިޑްލައިން މި އިޢުލާންއާއި އެކު އާންމުކުރަމެވެ. މިގައިޑްލައިންގައި ހިލޭ އެހީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި އަމަލުކުރާނޭގޮތާއި އިދާރީ އަދި މާލީ އެކި މަރުހަލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައިވާނެއެވެ. މީގެތެރޭގައި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާނޭ ލިޔެކިއުންތަކާއި، އެޕްލިކޭޝަން ރިވިއުކުރެވޭނޭގޮތާއި، އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދާނޭގޮތް އަދި ކާމިޔާބު އެޕްލިކޭޝަންތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރެވޭނެ ގޮތް ހިމެނިފައިވާނެއެވެ.

އެހެންކަމުން  "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް އިޢުލާންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  1. "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް އަދި ގްރާންޓް ގައިޑްލައިން ޢާންމުކޮށް އިޢުލާންކުރަމެވެ. މި ގްރާންޓް ޕްރޮގްރާމް ނުވަތަ ހިލޭ އެހީގެ ޕްރޮގްރާމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ މި އިޢުލާން ކުރާތާ އެއްމަސް (01)  ދުވަހުގެ ފަހުންނެވެ. (ގްރާންޓް އިޢުލާން އާންމުކުރުން: 22 މެއި 2024، ގްރާންޓް އެޕްލިކޭޝަން އެސް.ޑީ.އެފް.ސީ ޕޯޓަލް މެދުވެރިކޮށް ބަލަގަންނަންފެށުން: 25 ޖޫން 2024)
  2. ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް އެޕްލިކޭޝަންތައް ހުށަހަޅާނީ އެސް.ޑީ.އެފް.ސީ ޕޯޓަލް އަށް، ހުށަހަޅާފަރާތުގެ އީ.ފާސް މެދުވެރިކޮށެވެ.
  3. އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް އެސްޑީއެފްސީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  4. އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްއަށް ހުށަހަޅަންޖެހޭ ލިޔެކުއިންތަކުގެ މަޢުލޫމާތު ސާފުކުރުމަށް އެސްޑީއެފްސީ ގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވާގެން ނުވަތަ [email protected]  އީމެއިލް މެދުވަރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
  5. އެޕްލިކޭޝަނަށް ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ގައިޑްލައިންގެ އެއްވެސް ބާބަކަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވިއްޖެނަމަ އެ މަޢުލޫމާތު އާންމުކޮށް ގެޒެޓްކުރެވޭނެއެވެ. 

22 މެއި 2024

22 މޭ 2024