ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2024/047
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 26 މޭ 2024 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

 އޮފިސަރ، އިންވެސްޓިގޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

ލީގަލް އެންޑް އިންވެސްޓިގޭޝަން

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން، އަދި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

މަސައްކަތުގެ ބާވަތް:

-          މައްސަލައެއް ހުށައެޅުމުން ނުވަތަ ފާހަޤަވުމަށްފަހު މައްސަލަ ހިނގައިދިޔަ ތަނަށް ގޮސް، އިންވެސްޓިގޭޓް ކުރަންޖެހިއްޖެ ހާލަތުގައި އެމަސައްކަތް ކުރުން.

-          އިންވެސްޓިގޭޝަންތަކާއި ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

-          ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މަސައްކަތުގައި އެހީތެރިވުން.

-          އިންވެސްޓިގޭޝަން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން.

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް


ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 26 މެއި ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 މެއި 2024

22 މޭ 2024