ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2024/57
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 26 މޭ 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކުގައި ހުރި ވަޅުތަކާއި ގުޅޭ

މިއިދާރައިން ދަނޑުހެއްދުމަށް 2022 ވަނަ އަހަރު ދޫކުރެވުނު ދަނޑުބިންތަކުގައި ހުރި ބައެއް ވަޅުތަށް އަދިވެސް ނުބައްދާ ހުރިކަން ހިތާމަޔާއިއެކު ފާހަގަކުރެމެވެ.  މިފަދަ ވަޅުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތަށް ހިނގާތީވެ، 26 މޭ 2024 ގެ ކުރިން މި ވަޅުތަށް ބައްދަވައި ދެއްވާ މިއިދާރައަށް އަންގަވައިދެއްވުން އެދެމެވެ.

   ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ނުބައްދާ ހުރި ވަޅުތަކުގެ ވެރިފަރާތްތަށް ބެލުމަށްފަހު މިއިދާރައިގެ އާންމު އުޞޫލުތަކާއި އެއްގޮތަށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 މޭ 2024