ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2024/56
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 28 މޭ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ (ރ.ރަސްމާދޫ ބްރާންޗް)

ނަންބަރު:FNK/A/IUL/2024/56   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ރ.ރަސްމާދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުކު ހޯދުމަށް ބޭނުންވެއެވެ.

ސްޕަވައިޒަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންޑް ޕަވަރ ޕްލާންޓް ޑިއުޓީ

ޑިޕާޓްމަންޓް:

ރ.ރަސްމާދޫ ބްރާންޗް

މަސައްކަތް ކުރާތަން:

5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،

(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އިންޖީން ރޫމް ނުވަތަ ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި  އެހެން މީހުންގެ  ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި  އެއްވެސް  މައްސަލައެއް  ދިމާވެފައިވޭތޯ ބެލުމާއި،  އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި  ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ  ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް  ސަމާލުކަން   ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި،  އިންޖީނުތައް ހިންގާ،  އިންޖީނުތަކާއި  އެހެނިހެން  ޓޫލްސްއާއި  އިކްއިޕްމަންޓްސް  ކަނޑައެޅިފައިވާ  އުޞޫލުން ބެލެހެއްޓުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނަންސް  މަސައްކަތްތައް  ކަނޑައެޅިފައިވާ  ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން  އިންޖީނުގެ ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ބެޓްރީތަކުގެ  ފެންހަމަތޯ ބަލާ  ހަމަނޫންނަމަ  ފެންހަމަކުރުން، ޑައިނަމޯ ސާވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް، މުއްދަތު ހަމަވޭތޯބަލާ   ޗެކްކުރުމަށްފަހު  ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން.  އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރުން.
  • ޑިއުޓީގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ކޮންމެ ޝިފްޓް ޑިއުޓީއެއްގައި ހުރިހާ ތެޔޮތާނގީއެއްގެ ސައުންޑިންގ ޗެކްކޮށް ޑީސަލާއި އަޑީތެލުގެ ޚަރަދާއިބާކީގެ ހިސާބުތައް ނިންމުން.
  • ޑިއުޓީގައި  ތަނަކުން  ކަރަންޓް ކެނޑިގެން   އަންގައިފިނަމަ، އެކަމެއް  ހައްލުކުރުމާއި   އަމިއްލައަށް   ރަގަޅުނުކުރެވޭވަރުގެ  ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކަރަންޓްގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ކަރަންޓްބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ގޭގޭގެ މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ކަރަންޓް ބޭނުންކުރާ  ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އިންޖީނުގޭގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ޑިސްޓްރިބިއުޝަން މަރާމާތުކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިންޖީނުގޭގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި  އިންޖީނުގޭގެ  އެންމެހާ ތަންތަނާއި  ތަކެތި ސާފުކޮށް  ކުލައާއިދަވާދުލުމާއި  މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޭބަލް ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތްތައް ރާވާހިންގުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި  ބެލެހެއްޓުމަށްޓަކައި  ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ހިންގުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި   ރިޕޯރޓްތަކެއް  ހަދައި ކޮންމެ  މީލާދީ މަހެއްގެ 10 ވަނަދުވަހުގެ  ކުރިން ފޮނުވަންޖެހޭ  ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
  • ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާ ބެހޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • މުވައްޒަފުންނާއި ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ވަޒީފާގެ މަސްޢޫލިޔަތުގެ ތެރޭގައި ބަޔާން ކުރެވިފައިވާ ކަންތައްތަކުގެ ޒިންމާއުފުލުމާއެކު ޖަވާބުދާރީވުން.
  • އަދި މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިން އަންގަވާ ކުންފުނީގެ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރ.ރަސްމާދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯޓެއް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

14 ޛުލްޤައިދާ 1445

22 މެއި 2024

22 މޭ 2024