ދިވެހިރާއްޖެ
އިޢުލާން
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލުމާއިގުޅޭ
ފަޤީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތުވަނީ 19 މެއި 2024 އިން ފެށިގެން ޢާންމުކޮށް ހުޅުވާލެވިފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު 19 މެއި 2024 އިން ފެށިގެން ކައުންސިލުން ލިބެންހުންނާނެއެވެ. އެހެންކަމުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާ "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުމަށްފަހު 8 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. ފޯމު ފުރުމަށްފަހު ކައުންސިލަށް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހެޅުމަށް ބަޔާންކޮށްފައިހުރި ލިޔުންތަށް ހަމަކޮށް ފޯމު ރަނގަޅަށް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 13 ޛުލްޤައިދާ 1445 21 މެއި 2024
|