ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-MIM/2024/50
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 08 ޖޫން 2024 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލުން

                ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މިރަށުގެ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ  ފުރުސަތު 2024 މޭ 19 ވަނަ ދުވަހުން ފެށިގެން ޢާންމުކޮށް ހުޅުވާލަމެވެ.

                  މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 2024 ޖޫން 08 ވަނަ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                 ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް ކައުންސިލުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމުގައި ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

                ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 މޭ 2024