ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364/2024/27
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 08 ޖޫން 2024 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 މޭ 2024 ން ފެށިގެން ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 21 މޭ 2024 ން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު ފަހު 13:00 އަށެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 2024 ޖޫން 08 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު މި ކައުންސިލު އިދާރާގެ ވެބްސައިޓް، ފޭސް ބުކް ޕޭޖުންނާއި، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

22 މޭ 2024