ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/INDIV/2024/5
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:15
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވާލުން:

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވާލުން:

 

          ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން 08 މެއި 2024 ވަނަ ދުވަހު ގެޒެޓްކުރައްވާފައިވާ  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި އެއްގޮތައް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް  އެދޭ ފަރާތްތަކަށް 19 މެއި 2024 ވަނަ ދުވަހުން ފެށިގެން އެފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. އެހެންކަމުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް އަހަރުގެ ތެރޭ ކޮންމެ ދުވަހެއްގައިވެސް ހުށައެޅޭނެއެވެ. ނަމަވެސް މުދަލު ޒަކާތް ބެހުމުގައި ބަލާނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވާތީ  މި އަހަރުގެ މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވާން އެދި ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

        " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 21 މެއި 2024 ވަނަދުވަހުން ފެށިގެން ގައްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 22 މެއި 2024 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ފޯމާއި ގުޅިގެން އިތުރު މައުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ ގައްދޫ ކައުންސިލް އިދާރާގެ ނަންބަރ  6840073 އަދި 9660442 ނަންބަރަށެވެ.

          ވީމާ 21 މެއި 2024 އިން ފެށިގެން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިކަން އަންގާ އާންމުކޮށް އިއުލާން ކުރަމެވެ.

21 މޭ 2024