ބީލަން
ނަންބަރު: No: IU/HB/2024/3
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 28 މޭ 2024 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

    މާލޭގެ 355 ނަމްބަރ ކޮށީގައި (1 ނަމްބަރ ކުނި ކޮށީގެ އިރުން ) ވާ މިއެސޯސިއޭޝަނުގެ ހޭންޑްބޯޅަ ދަނޑުގައި، އޮފީސް އިމާރާތަކާއި (ފާހާނަޔާއި އެކު) ސެމިނަރ ހޯލްއެއް އަޅާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  އެހެންކަމުން މިއިދާރާއިން ދޭކުރެހުމާއި މައުލޫމާތު ޝީޓުގައި ހިމެނިފައިވާ މައުލުމާތުތަކާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 މެއި 2024 ވާ ބުރާސްފަތި ދުވަހު 14:00 އަށް، ޤައުމީ ހޭންޑްބޯލް ދަނޑަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

   ބީލަން ހުޅުވުން އޮންނާނީ ، 28 މެއި 2024  ވާ އަންގާރަ ދުވަހު 14:00 ގައި  ޤައުމީ ހޭންޑްބޯލް ދަނޑުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަދި ހުރިހައި ބީލަމެއްގައިވެސް، އެބީލަމެއްގައި ހިމެނޭ އެންމެހައި ކަރުދާހުގައި ޞަފްހާ ނަންބަރު ދެވިފައި ހުންނާންވާނެއެވެ.

މި މަސައްކަތައް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީންނެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ މައުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތަކާއި ހިއްސާކުރެވިގެންދާނެއެވެ.

21 މޭ 2024