ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2024/0171
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 26 މޭ 2024 12:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުންފުނީގެ އަސާސީާ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާޙުތަކާއިގުޅޭ

ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު އިސްލާޙުކޮށް ފާސްކުރުމަށް 2024 ވަނަ އަހަރުގެ ޚާއްސަ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ، ހުށަހަޅާފައިވާ އިސްލާޙުތަކުގެ ތަފްޞީލް މިކުންފުނީގެ ވެބްސައިޓް www.mtcc.com.mv ގައި (އިޢުލާނު ނަންބަރު: MTCC-CSD/IU/2024/0150) ޝާއިޢުކޮށްފައިވާކަން އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

 

މި އިސްލާޙުތަކާއި ގުޅިގެން އެއްވެސް ކޮމެންޓެއް ނުވަތަ ޚިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މިކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޚިޔާލު ހުށަހަޅުއްވާއިރު، ޙިއްޞާދާރުގެ ފުރިހަމަ ނަމާއި އައި.ޑީ.ކާޑު ނަންބަރު ޖެއްސެވުން އެދެމެވެ.

21 މޭ 2024