މަސައްކަތް
ނަންބަރު: (IUL)328-ED/328/2024/56
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 05 ޖޫން 2024 11:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިއިޢުލާނާއި އެކު ހުށަހަޅާފައިވާ މަޢުލޫމާތާއި އެއްގޮތަށް ފާދިއްޕޮޅު ކުރެންދޫ 1 ނަމްބަރު ޤަބުރުސްތާނާއި، 2 ނަމްބަރު ޤަބުރުސްތާނާއި، ޒިޔާރަތް ވިނަނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ވަގުތު

ބީލަން ރަޖިސްޓްރީކުރުން

20 މެއި 2024ން، 27 މެއި 2024އަށް

ހޯމަ

12:00

އަންދާސީ ހިސާބު ހުށަހެޅުން

05 ޖޫން 2024

ބުދަ

11:00

 

އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފޮނުވާނީ [email protected] އަށެވެ.

 

 

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:

1-    އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-    ގުޅޭނެ ފޯނު ނަންބަރު

4-    އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު

6-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ

7-    ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީ

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދަވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 މޭ 2024