މަސައްކަތް
ނަންބަރު: GS146/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 26 މޭ 2024 11:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާ ބްލޮކް މަރާމާތުކުރުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކ. ގުޅީ ސްކޫލުގެ ދަރިވަރުން ބޭނުންކުރާ ފާޚާނާ ބްލޮކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. އެގޮތުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 މޭ 26 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://myoffice.gulheeschool.edu.mv/forms) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2024 މޭ 26 ވާ އާދިއްތަ ދުވަހުގެ 13:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 މޭ 29 ވާ ބުދަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2024 މޭ 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅީ ސްކޫލް

ކ. ގުޅި / ދިވެހިރާއްޖެ

ފޯން: 6642512

އީ-މެއިލް: [email protected]

 

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މޭ 2024