މަޤާމް: |
ބޯޓް ކެޕްޓަން |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތް ކުރަންޖެހޭ ތަން: |
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކަނޑު އުޅަނދުފަހަރު |
ވަޒީފާގެ މުއްދަތު: |
1 އަހަރު (1 އަހަރު ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ). |
މުސާރަ: |
20،000 އާއި 25،000 ދެމެދުގެ ޢަދަދެއް ލިބޭނެ |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ހަވާލު ކުރެވިފައިވާ އުޅަނދުގެ އެންމެހާ ކަންކަން ބެލެހެއްޓުން
- އުޅަނދުގެ ކޮންޑިޝަން ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ދަށުގައިތިބޭ މުވައްޒަފުންނަށް ބުނެދީ ދުވަހުން ދުވަހަށް ކުރުން.
- އުޅަނދުގައި ކުރާ ދަތުރު ތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއު ހަމައަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކާ އެއްގޮތައް މަސައްކަތްކުރުން.
- ހިމާޔަތްކޮށްފައިވާ ތަންތަނާއި ވަނުންމަނާ ތަންތަނަށް ވަނުމުގައި ނަގަންޖެހޭ ހުއްދަ ހޯދައިގެން މެނުވީ ނުވަނުން.
- ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޓާސްކް ކުރުމާއި ދަށުގައިވާ މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލާ މޮނީޓަރކުރުން.
- އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ބޭނުންވާ އިންތިޒާމްތައް ބެލެހެއްޓުން އަދި ތެޔޮ އެޅުމާއި މުވައްޒަފުންނާއި ޕަސެންޖަރުންގެ ކަންކަން ހަމަޖެއްސުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ އިންތިޒާމްތައް ހަމަޖެއްސުން.
- އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުން.
- އުޅަނދަށް އަރުވާ ކާބޯތަކެއްޗާއި ބޯފެނާއި ތެލުގެ ރެކޯޑްސް ބެލެހެއްޓުން.
- އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މުވައްޒަފުން މަސައްކަތްކުރާގޮތް ދެނެގަނެ ގައިޑް ކޮށްދިނުން.
- އުޅަނދުގައި އުފެދޭ ކުނި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
- އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވާއިދުތަކަށް ކިޔަމަންވަން.
|
ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ): |
- ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަން ފުރިހަމަކޮށްފައިވުމާއި އެކު 5 އަހަރު ދުވަހު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ ކޯސްޓަލް ނެވިގޭޝަން ކޯސް (ނިޔަމި ކަމުގެ ސަނަދު) ފުރިހަމަ ކުރުމާއި އެކު 10 އަހަރު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުމާއިއެކު މެރިޓައިމް ދާއިރާއިން އިތުރު ތަމްރީނުތައް ފުރިހަމަކޮށްފައިވުން.
- ދައްވެގެން ގްރޭޑް 10 ގެ ފެންވަރު ހުރުން.
- ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.
- ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.
- އިންބޯރޑް އަދި އައުޓްބޯރޑް އިންޖީނު އެޅި ހައިސްޕީޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ރާއްޖޭގެ ކޮންމެތާކަށް ކޮންމެ ވަގުތަކު ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- ކޮމްޕިއުޓަރ ލިޓެރަސީއަށް އަޙުލުވެރި މީހެއް ކަމުގައިވުން.
- ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.
|
ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު) |
- ފަޅުވެރިކަމުގެ ތަމްރީނު ކުރުމުގެ ޤާބިލްކަށް ހުރުން.
- ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.
- އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި ދުއްވާ ހުރިހާ ބާވަތެއްގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޤާބިލްކަން ހުރުން.
- ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން
|