ޢާންމު މަޢުލޫމާތު
ނަންބަރު: 276-A/2024/39
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:02
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު  މިއަދުން ފެށިގެން ހުޅުވާލަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 މެއި 2024 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv  އިންނާއި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ އަންގަވާފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

21 މޭ 2024