ދިވެހިރާއްޖެ
ބ. މާޅޮހުގެ މަގުތަކުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ހަދާ ފެންހިންދާ ނިޒާމު -ދެވަނަ އިޢުލާން
ބ. މާޅޮހުގެ މަގުތަކުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ހަދާ ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު: 319/319/2024/21(IUL) ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އެސްޓިމޭޓްތައް ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓަރ ކުރުން |
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 މޭ 27 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މައުލޫމާތު ދިނުން |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 މޭ 27 ވާ ހޯމަދުވަހުގެ 10:30 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
އަގު ހުށަހެޅުން |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 މޭ 30 ވާ ބުރާސްފަތިދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު |
- މަސައްކަތައް ހުށަހަޅާ އަގު %90 - މަސައްކަތައް ހުށަހަޅާ މުއްދަތު % 10 |
އިތުރު މައުލޫމާތު |
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ. |