ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2024/33
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:58
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ކުއްޔާއި ގުޅޭ

އިޢުލާން

މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ކުއްޔާއި ގުޅޭ

މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށްޓަކައި ބައެއް ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބިމުގެ އެއްބަސްވުމުގެ ކުލި ދައްކަންޖެހޭގޮތުގެ ދަށުގައިވާ 3.1.5 ގައި ބަޔާންކޮށްފައިވަނީ އެގްރިމެންޓް އާ ކުރުމުގެ ކުރިން ކުލި ނުދައްކާ ހުރި މުއްދަތަށް ދެއަހަރު ދުވަހުގެ ތެރޭގައި ކުލި ދައްކަން ޖެހޭނެކަމަށެވެ.

ކުލި ދެއްކުމަށްއެދި މީގެ ކުރިންވެސް އެކި ފަހަރު މަތިން އެފަދަ ފަރާތްތަކަށް އަންގާފައިވީ ނަމަވެސް ދެ އަހަރުވެގެންގޮސް މިހާތަނަށް ވެސް ބިމަށް ދައްކަންޖެހޭ ފައިސާ މި އިދާރާއަށް ދައްކާފައި ނުވާކަން ހިތާމައާއެކު ދަންނަވަމެވެ.

ވީމާ، 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި ދެންނެވި ފައިސާ މި އިދާރާއަށް ނުދައްކައިފިނަމަ، އެ ފަރާތްތަކުން ނަގާފައިވާ ބިން ބޭނުން ނުކުރެވޭގޮތަށް ބަންދުކޮށް މި އިދާރާއިން އެ ބިމުގައި ތަޅުއެޅުވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 މޭ 2024