މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2024/142
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 25 މޭ 2024 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު-ޕެރެމެޑިކް ސްޓާފުން އޮރެންޖްހިޔާގެ ގުރައުންޑް ފްލޯއަށް ބަދަލުކުރުމަށްޓަކައި ސްޓާފް އޭރިއަރ ވަކިކުރުމަށް ބޭނުންވާ ޕާރޓިޝަންޖެހުން އަދި ދޮރުޖެހުމުގެ މަސައްކަތްކޮށްދިނުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ޕެރެމެޑިކް ސްޓާފުން އޮރެންޖްހިޔާގެ ގުރައުންޑް ފްލޯއަށް ބަދަލުކުރުމަށްޓަކައި ސްޓާފް އޭރިއަރ ވަކިކުރުމަށް ބޭނުންވާ ޕާރޓިޝަންޖެހުން އަދި ދޮރުޖެހުމުގެ މަސައްކަތްކޮށްދިނުމަށްބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 25 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 14:30 ން 15:30 އަށް  އޮރެންޖް ހިޔާ އަށް ވަޑައިގެން ދެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3014489 އަށް ގުޅުއްވުން އެދެމެވެ.

 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

21 މޭ 2024