މަސައްކަތް
ނަންބަރު: (IUL)346/346/2024/24
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 30 މޭ 2024 13:30
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ގެތަކުގެ ދުވަހު ކުނި އެސްޓިމޭޓް އުސޫލުން 1 އަހަރު ދުވަހަށް އުކާލުމާއި ކުނިގޮނޑު ބަލަހައްޓައިދޭނޭ ބަޔަކު ހޯދުމާއި ގުޅޭ

ހިމަންދޫ ގެތަކުގެ ދުވަހު ކުނި އެސްޓިމޭޓް އުސޫލުން 1 އަހަރު ދުވަހަށް އުކާލުމާއި ކުނިގޮނޑު ބަލަހައްޓައިދޭނޭ ބަޔަކު ހޯދުމާއި ގުޅޭ

އިޢުލާން

 

 

 

ތަފްސީލް

ހިމަންދޫ ގެތަކުން އުފެދޭ ދުވަހު ކުނި ނަގައި އުކާލުމުގެ މަސައްކަތް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ސީޓާއި އެއްގޮތައް އެ މަސައްކަތް އެސްޓިމޭޓް އުޝޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތައް ބިޑު ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ދެންނެވީމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ގޮތައް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު މިއިދާރާގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.       

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  28 މެއި 2024 ވާ އަންގާރަ  ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                  18 ޒުލްޤައިދާ 1445ހ

                                                    21 މޭ 2024މ

21 މޭ 2024