މަސައްކަތް
ނަންބަރު: (IUL)346/346/2024/23
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި:
30 މޭ 2024 13:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ހިމަންދޫ ގެތަކުގެ ބަދިގެ ކުނި އެސްޓިމޭޓް އުސޫލުން 1 އަހަރު ދުވަހަށް ނައްތާލާނެ ބަޔަކު ހޯދުމާއި ގުޅޭ
|
ތަފްސީލް
ހިމަންދޫ ގެތަކުން އުފެދޭ ބަދިގެ (ކުނިވާ ކުނި) ކުނި ނަގައި ނައްތާލުމުގެ މަސައްކަތް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ސީޓާއި އެއްގޮތައް މަސައްކަތް އެސްޓިމޭޓް އުޝޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތައް ބިޑު ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި ދެންނެވީމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ގޮތައް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު މިއިދާރާގެ [email protected] އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ހުޅުވުން އޮންނާނީ 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 ޒުލްޤައިދާ 1445ހ
21 މޭ 2024މ