މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2024/139
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 23 މޭ 2024 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ - މި މިނިސްޓްރީގެ 8 ވަނަ ފްލޯރ، 7 ވަނަ ފްލޯ އަދި 4 ވަނަ ފްލޯ ގެ ފާރުން ފެން ލީކްވާ މައްސަލަ ހައްލު ކޮށްދޭނެފަރާތެއް ހޯދުމަށް

ކޯޓޭޝަން ހޯދުމަށް ބޭނުންވެއްޖެ 

-

 މި މިނިސްޓްރީގެ 8 ވަނަ ފްލޯރ، 7 ވަނަ ފްލޯ އަދި 4 ވަނަ ފްލޯ ގެ ފާރުން ފެން ލީކްވާ މައްސަލަ ހައްލު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 22 މޭ 2024 ވާ ބުދަ ދުވަހު ގެ 14:30 ން 15:30 އަށް ހެލްތު މިނިސްޓްރީ ( ރޯޝަނީ ބިލްޑިންގ)  އަށް ވަޑައިގެން ދެއްވުން އެދެމެވެ.  އިތުރު މައުލޫމާތު ސާފު ކުރުމަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3014490 އަށް ގުޅުއްވުން އެދެމެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

21 މޭ 2024

21 މޭ 2024