ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)257/257/2023/42 (05 އޭޕްރިލް 3202) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހއ.ބާރަށުގައި ދުއްވާ އެއްގަމާއި، ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމަށް މީގެ ކުރިން މިކައުންސިލުން މަސައްކަތްކޮށްފައިވީނަމަވެސް އެކަމަށް އެކަށީގެންވާ ވަރަށް ބޭނުންވާ މަޢުލޫމާތުތައް ލިބިފައިނުވާތީ، ދަފްތަރު އަދާހަމަކޮށް ބެލެހެއްޓިފައެއް ނުވެއެވެ. ނަމަވެސް މި ދަފްތަރު އެކުލަވާލުމަކީ ނުހަނު މުހިންމު ކަމަކަށްވާތީ، ރަށުގައި ދުއްވާ އެއްގަމާއި، ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ކޮޕީ، އެ އުޅަނދަކާއި ރަށުން ހަވާލުވެހުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރާއިއެކު 30 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލާއި ޙިއްސާކުރުމަށް ދެންނެވީމެވެ.
އަދި ރަށަށް އަލަށް އުޅަނދު އެތެރެކުރާ ފަރާތްތަކުންވެސް އެ އުޅަނދެއް ރަށަށް އެތެރެކުރާތާ 3 ދުވަހުގެ ތެރޭގައި މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރުމަށް ދެންނެވީމެވެ. ހަމައެގޮތަށް ދިގުމުއްދަތަށް ރަށުން ބޭރުކުރާނަމަވެސް މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. މި އިޢުލާންގައިވާ މުއްދަތު ހަމަވުމަށްފަހު ކައުންސިލުން ދޭ ޙިދުމަތްތައް ދިނުމުގައި ބަލާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމުގައިވެސް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން އެރަށެއްގައި ރެޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ އަހަރީ ފައިސާ މިހާރު ޖަމާކުރަން ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ކައުންސިލަށެވެ.
ވީމާ ދެންނެވުނު މުއްދަތުގެ ކުރިން އުޅަނދުތަކުގެ ރެޖިސްޓްރީގެ ކޮޕީއާއި، މައުލޫމާތު މިކައުންސިލަށް ހިއްސާކުރުމަށް ދެންނެވީމެވެ. އަދި މި އިދާރާގެ ނަންބަރު (IUL)257/257/2023/42 (05 އޭޕްރިލް 3202) އިއުލާންއާއި ގުޅިގެން މައުލޫމާތު ހިއްސާކޮށްފައިވާ އުޅަނދުތަކުގެ މައުލޫމާތު ދެވަނަ ފަހަރަށް ހުށައަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
ރަޖިސްޓްރީ ކޮޕީއާއި މަޢުލޫމާތު ފޮނުއްވާނީ:
ވައިބަރ:7930016
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޒުލްޤައިދާ 1445