ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2024/206
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 24 މޭ 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޢީދި ސަމާ 1445 ވަނަ އަހަރުގެ "ދަންޑެހެލެ ވާދެމުން 1445" މުބާރާތަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

އައްޑޫ ޢީދި ސަމާ 1445 ވަނަ އަހަރުގެ "ދަންޑެހެލެ ވާދެމުން 1445" މުބާރާތަށް ފުރުސަތު ހުޅުވާލުން

ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމާއި އެކު އާއިލީ އަދި އިޖުތިމާޢީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އައްޑޫ ޢީދި ސަމާ 1445 ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން މިއަވަށުގައި ބާއްވާ އަންހެން ފިރިހެން ދެ ޖިންސު ވަކިން ޓީމްތައް ބައިވެރިވެވޭ " ދަންޑެހެލެ ވާދެމުން  1445" މުބާރާތުގައި އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، މުއައްސަސާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައި އެކަން އިޢުލާން ކުރަމެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2024 މޭއި 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުންއެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް އަދި މުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލޫމާތު ތިރީގައިމިވާ ލިންކުން ލިބިލައްވާނެއެވެ.

https://forms.gle/kTqU973N47LCGXzd8  

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޤަވާއިދު                                                             

 

13 ޛުލްޤަޢިދާ 1445.

21 މެއި 2024.

21 މޭ 2024