ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-IMS/468/2024/115
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:13
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024  ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާ (ކުރީގެ ރަށު އޮފީސް ހިންގަމުންއައި ޢިމާރާތުގައިވާ މޮސްކް ޔުނިޓް) އިން ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓް https://fuvahmulah.gov.mv/ އިންވެސް ލިބެން ހުންނާނެއެވެ.  

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަންބަރު: 2024/1003B2/CIR/-496 (16 މެއި 2024) ގެ ސަރކިއުލަރ އިން ވަނީ އަންގަވައިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 މޭ 2024