ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2024/33
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:35
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 ފެށިގެން ހުޅުވާލަމެވެ. މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖްރީ އަހަރެއްގެ ޙައްޖު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި ފޯމު މިއިދާރާގެ ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅަންވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. ފޯމު ފުރާފައި ހުށަހަޅާއިރު މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް (ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ހުށަނާޅާ ފޯމް) ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

20 މޭ 2024