ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)262/262/2024/47
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 30 މޭ 2024 11:30
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ބޭނުންވާ 2 ޓަނުގެ ޕިކަޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

ހދ.ނޮޅިވަރަންފަރު  ކައުންސިލް އިދާރާއަށް ބޭނުންވާ 2 ޓަނުގެ ޕިކަޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި: 20 މެއި 2024 (ހޯމަ) އިން 27 މެއި 2024 (ހޯމަ) 10:00 އަން

 ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/ciYwKfXDqs

  ޕްރީ ބިޑް މީޓިން ‏27‏ މެއި‏ 2024‏ (ހޯމަ‏) 11:30  އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން: ‏30‏ މެއި‏ 2024‏ (ބުރާސްފަތި‏)  11:30  އަށް

  މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 27 މެއި 2024، 11:30 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް އަދި މިއިދާރާގެ ނަމްބަރ 6250054 އަށް ގުޅުއްވާ ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 މޭ 2024