މަސައްކަތް
ނަންބަރު: TENDER/AS/2015/007
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 11 މޭ 2015 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން

ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޮފީހާއި ފެން ބިލްޑިންގގައި ހުންނަ އޮފީހާ ދެމެދުގައި ފައިބަރ އޮޕްޓިކް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މެއި 11 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 13 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސް ރޫމުގައެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

05 މޭ 2015